އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ރިޔާސަތު ހަވާލުކުރައްވައިފިއެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 54 މެންބަރުން ސޮޔާ އެކު މިދިޔަ ޖޫން މަހުގައެވެ.
މަޖިލިސް ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެވެ.
އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައި ވަނިކޮށް، މަޖިލިސް ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ވަނީ ނިންމައިފައެވެ.
ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު އޮތީ މަޖިލިސް ރައީސްގެ މަގާމުން އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައިގެ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ.
"މިގޮތަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވައިފަ މި މައްސަލަ ކުރިއަށް ދިއުމަށް 22 މެންބަރުންގެ ސޮއި ބޭނުންވޭ، އެހެންވީމާ އަދި 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ، އިތުރު 8 ބޭފުޅުންގެ ސޮއި އަނބުރާ ނުގެންދަވަނީ ނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ،"
އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިގަންނަވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އަފީފާ ހަވާލު ކުރެއްވުމަށްފަހު މަޖިލިސް ރައީސް ރިޔާސަތުން ފައިބައި ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު