މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށުމުގެ ގަޑިއެއްހާ އިރު ކުރިން ވޯޓުލުމަށް ކިއު ހަދަން ފަށައިފިއެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަކަށެވެ.
މާލެ އާއި ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ކައިރީގައި ހެނދުނު 7:00 ގެ ކުރިން ވަނީ ކިއު ހަދައިފައެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްްސްގައި މިއަދު ވިދާޅުވީ، ހެނދުނު 7:30 އިން ފެށިގެން ވޯޓުލުމަށް ކިއުގައި މަޑުކުރެވޭނެ ކަމަށެވެ. އަދި ވޯޓުލާން ފުރަތަމަ އަންނަ ދެ މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓުލާ ހުރިހާ މަރުކަޒުތަކުގައި އޮފިޝަލުން ތިބީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރާ އިރު، އެ އިންތިހާބުގައި 282،395 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައިވެއެވެ. އަދި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ
ޚަބަރު
ޚަބަރު