ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނަށް ބޭރުގެ އެއްވެސް ގައުމަކުން ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ސަންގު ބަހުސް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެހެން ވިދާޅުވެފައި ވަނީ، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ތުހުމަތާ ގުޅިގެންނެވެ.
އުމަރު ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭނަށް ހަރަދުކުރަނީ އިންޑިއާ އިން ކަމަށެވެ.
އެ ތުހުމަތަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ. ރައީސް އެ ޖަވާބު ދެއްވަމުންދިޔަ އިރު، އުމަރު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު