Close
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ނަބާއާއި ނަބީ ޑަބަލްސްއިން ރަން މެޑަލް ހޯދައިފި، ސާބަސް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އާއި އައި އައިމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދައިފިއެވެ.

ދެންމެ ނިމިގެން ދިޔަ ފައިނަލްގައި ނަބާ އާއި ނަބީ ވާދަކުރީ މޮރިޝަސްގެ ޕެއާ ކަމަށްވާ ލޯނާ ޓީޖޭ ބޯދާ އާއި ކޮބިޓާ ދޯހީއާ ދެކޮޅަށެވެ. ފައިނަލް މެޗު ނަބީ އާއި ނަބާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 21-14 އަދި 21-15 އިންނެވެ.

މިއަދު އިތުރު ބެޑްމިންޓަން އިވެންޓްތައްވެސް ކުރިއަށް ގޮސްފައިވާ އިރު، 2019 ވަނަ އަހަރު މޮރިޝަސްގައި ސިންގަލްސް އަންހެން ރަން މެޑަލް ކާމިޔާބުކުރި ނަބާ ވަނީ މިފަހަރު ފައިނަލުގައި މޮރިޝަސްގެ ކޭޓް ލުޑިކް އަތުން ބަލިވެފައެވެ. ނަބާ މިފަހަރުވެސް ރިހި މެޑަލް ހޯދާފައިވާ އިރު، އެ މެޗުގެ ޕޮއިންޓްތައް ނަބާއަށް ގެއްލުނީ 21-13 އަދި 21-19 އިންނެވެ. ނަބާ މިފަހަރު ސިންގަލްސް ރިހި މެޑަލްއިން ނިންމާލާފައިވާ އިރު، އިއްޔެވެސް ވަނީ ބެޑްމިންޓަނުން އިތުރު ކާމިޔާބީތަކެއް ހޯދައިފައެވެ.

މިފަހަރުގެ ބެޑްމިންޓަން އިވެންޓްތަކުން އިއްޔެ އަހުމަދު ނިބާލާއި ނަބީ ވަނީ ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. އެއީ ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ. އޭގެ އިތުރުން މިކްސް ޑަބަލްސް ސެމީއަށް ދަތުރުކޮށް ހުސައިން ޒަޔާން ޝާހިދު ޒަކީ އާއި ނަބާގެ ޕެއާއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މިހާތަނަށް ރާއްޖެއަށް މިފަހަރުގެ އައިއޯއައިޖީގައި 27 މެޑަލް ޔަގީން ކޮށްފައިވާ އިރު، ދެން ދިވެހި އެތުލީޓުންނަށް ބާކީ އޮތީ އެތުލެޓިކްސް އިވެންޓްތައް އެކަންޏެވެ.