އިންޑިއާއިން 92.1 މިލިއަން ކުކުޅު ބިސް ގަތުމަށް ލަންކާ ކެބިނެޓުން ހުއްދަދީފިއެވެ.
ސްރީ ލަންކާގެ ކެބިނެޓުން ވަނީ އެގައުމަށް ކުރިޔަށް އޮތް ތިން މަސް ތަރޭގައި އިންޑިއާއިން 92.1 މިލިއަން ބިސް ގަނެ އެގައުމަށް އެތެރެކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވައިލައިފައެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ހުށަހެޅުއްވި ހާއްސަ ޕްރޮޕޯސަލަކީ އެ ގައުމުގެ މިނިސްޓްރީ އޮފް ފިނޭންސް އިކޮނޮމިކް ސްޓެބިލައިޒޭޝަން އެންޑް ނެޝަނަލް ޕޮލިސީން އެކުލަވައިލި ޕްރޮޕޯސަލެކެވެ.
ލަންކާ ސަރުކާރުން އެ ގައުމުގެ ކެބިނެޓު މެދުވެރިކޮށް މިނިންމުން ނިންމާފައިވަނީ އެގައުމުގެ އާންމު ބާޒާރު ތަކުގައި ބިހުގެ އަގު އުފުލިފައި ވުމާއެކު އޭގެ އަގު ހެޔޮކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް އެނިމަލް ޕްރޮޑަކްޝަން އެންޑް ހެލްތުން ވަނީ އިންޑިއާއިން ކުކުޅު ބިސް އެކްސްޕޯޓު ކުރާ ތިން ކުންފުންޏެއްގެ މައުލޫމާތު އެއްކޮށް އެންމެ ރަނގަޅު ފަރާތެއް ހޮވާފައިކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.