މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ އެތުލެޓިކްސް 800 މީޓަރު ފިރިހެން ފައިނަލަށް ރާއްޖޭގެ ހުސައިން ރިޒާ އާއި ހުސައިން ފަޒީލް ހާރޫން ދަތުރުކޮށްފިއެވެ.
މިފަހަރުގެ އައިއޯއައިޖީގެ އެތުލެޓިކްސް އިވެންޓްތައް މަޑަގަސްކަރައިގައި އަލަރޯބިއާ ސްޓޭޑިއަމްގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ދިވެހި އެތުލީޓުން އޮތީ 800 މީޓަރު ހީޓުތަކެވެ. ހީޓްއެކެއްގައި ރިޒާ ވާދަކޮށް ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމީ އެއް މިނެޓް 55.14 ސިކުންތުންނެވެ. ރިޒާ ވަނީ ފުރަތަމަ ބުރުގައި ބާރު ދުވެއްޔެއްގައި ކުރިއަށް ޖެހި ހަތަރުވަނައިގައި ހީޓް ނިންމާލައިފައެވެ.
ރޭހަށްފަހު ރިޒާ ބުނީ އުންމީދަކީ 800 މީޓަރު ފައިނަލުން ރާއްޖެއަށް މެޑަލް ހޯދައިދީ، ޒަމާންވީ ރެކޯޑު މުގުރާލުން ކަމަށެވެ.
ފަޒީލް މިއަދުގެ ދެވަނަ ހީޓްގައި ދުވެ، އޭނާ ވަނީ ހީޓްގެ ތިންވަނައިގައި ނިންމައިފައެވެ. ފަޒީލް ފުރަތަމަ ބުރަށްވުރެ ބާރަށް ދެވަނަ ބުރުގެ ރޭސް ނިންމީ، އެއް މިނެޓް 59.12 ސިކުންތުންނެވެ.
އެތުލެޓިކްސްގެ އިތުރު އިވެންޓްތަކެއް މިއަދު ހަވީރު ކުރިއަށްދާނެއެވެ. އަންހެން 200 މީޓަރު ފައިނަލްގެ އިތުރުން މިއަދު ފިރިހެން 200 މީޓަރު ހީޓްތައްވެސް އޮންނާނެއެވެ.