ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބުރިޖު ބޭނުންކުރާ މީހުންގެ އަތުން ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފައެވެ.
ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ބުރިޖަށް އަރާ ކޮންމެ މީހެއްގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށް ބުނެ ހަބަރުތަކެއް ދަނީ ދައުރުކުރަމުންނެވެ.
އެކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުރިޖަށް އަރާ މީހުންގެ އަތުން ފީ ނަގަން ނިންމާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް" މުއިއްޒު ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖުން ފީއެއް ނަގަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރެއްވި އިރު، އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި ވަނީ ސިނަމާލެ ބުރިޖުގައި އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ގާއިމުކުރަން ނިންމައި އޭގެ ޑިޒައިނިން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖުގައި ޓޮލް ކަލެކްޝަން ސިސްޓަމެއް ގާއިމުކުރަން 2018 ވަނަ އަހަރުގެ ބަޖެޓުގައި 62 މިލިއަން ރުފިޔާ ކަނޑައެޅިއެވެ. އަދި ޖެހިގެން އައި އަހަރު 56 މިލިއަން ރުފިޔާވެސް ހިމެނިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު