ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހާޒިރު ނުވެގެން، ކޯރަމް ހަމަވޭތޯ ބަލަން 9:30 ގައި އަލުން ޖަލްސާ ބާއްވަން ނިންމައި ޖަލްސާ މެދު ކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ.
އަފީފު ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲ، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާކަން، މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިއުޝާ އިއުލާން ކުރެއްވިއެވެ.
އޭގެ އިރުކޮޅެއް ފަހުން އަފީފު ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 10 މެންބަރުން ކަމަށެވެ. އެހެންކަމުން ޖަލްސާ ބާއްވަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް 9:30 ގައި ކޯރަމް ހަމަވޭތޯ ބަލައިފަ އެހެން ގޮތެއް، ނޯންނާނެ ޖަލްސާ ނިންމައިލާނަން، އެހެން ކަމުން 9:30 ގައި ހުރިހާ މެންބަރު މަޖލިސް ޖަލްސާ ކުރާ މާލަމަށް ވަޑައިގެންނެވުމަށް އެދެން،" ކަމަށް ވިދާޅުވެ އެ ގަޑީގައި އަލުން ޖަލްސާ ފެށުމަށް ނިންމައި 9:08 ގައި ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންޑާ ކޮށްފައި އޮތީވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު