ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ބައްޕަ 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ މުސްކުޅި ބަލީގައި ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އާދަމް މަރުވި އިރު ދުނިޔޭގައި އަންބަކާއި ހަ ދަރިން އެބަ ތިއްބެވެ.

އުމުރުން 21 އަހަރުގައި ހުސެއިން އާދަމް ޝަހީދުވީ، 3 ނޮވެމްބަރު 1988 ގައި ރާއްޖެ ހިފަން އައި ބާގީން ދިން ހަމަލާތަކެއް ދިފާއުކުރަން ސިފައިންގޭގެ ގޭޓްގައި ހުންނަވައިކޮށް ގައިގެ އެކި ތަންތަނަށް ވަޒަން އަރައިގެންނެވެ.