މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓް ޓީމު އިވެންޓް ސެމީ ފައިނަލުގައި ރިޔޫނިއަން ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ޒަޔާން ޝަހީދު ޒަކީ ނުކުތީ ރިޔޫނިއަންގެ އާރޮން އަސިންގާ ދެކޮޅަށެވެ. އެ ގޭމް ޒަޔާން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ޒަޔާން ގެންދިޔައީ 21-15 އަދި 21-8 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އަޙްމަދު ނިބާލް ވަނީ ރިޔޫނިއަންގެ ލޮރިކް ބާޓިލް އަތުން 2-1 ސެޓުން މޮޅުވެފައެވެ. އެ ގޭމްގެ ފުރަތަމަ ސެޓު 21-18 އިން ބާޓިލް ގެންދިޔަ ނަމަވެސް، އަނެއް ދެ ސެޓު ނިބާލް ވަނީ 21-14 އަދި 21-10 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ވަނީ ރިޔޫނިއަންގެ ތިބައޫ ކޯގުއިލް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް އަޖުފާން ގެންދިޔައީ 21-12 އަދި 21-15 އިންނެވެ.
މި މޮޅާއެކު ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް ދަތުރުކުރި އިރު، މާދަމާ ކުޅޭ ފައިނަލުގައި ރާއްޖެ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ. މީގެ ކުރިން 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީގެ ފައިނަލުގައިވެސް ފިރިހެން ބެޑްމިންޓަން ޓީމު ނުކުތީ މޮރިޝަސްއާ ދެކޮޅަށެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ބަލިވުމުން ރާއްޖެއަށް ލިބިފައިވަނީ ރިހި މެޑެއްޔެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް