އެމްޑަބްލިއުއެސްސީގެ ޕްރިމިއަމް ފެން، އާރޯ މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކުރެވޭ ގޮތް އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން، ބިއްލޫރި ފުޅީގައި ނެރޭ "އާރޯ" ބްރޭންޑްގެ ފެނަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިއަމް ކޮލިޓީގައި އުފައްދައިގެން ބާޒާރަށް ނެރެން ފެށި ފެނެވެ. އެ ފެނަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކަށް އެއްގޮތަށް ފަރުމާ ކޮށްފައިވާ ވަރަށް ފުރިހަމަ ފެންވަރުގެ ފެނެކެވެ.
އުރީދޫން ބުނީ، މިއީ ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަށް ލޯބިކުރާ ކަސްޓަމަރުންނަށް ފުރިހަމަ ޕްރޮޑަކްޓެއް ކަމަށެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް، މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެއެވެ. އަދި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރު ބޭސްއަކާއި ގުޅުވާލަދީ ޑެލިވަރީގެ ހިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް މަގުފަހިކޮށްދެއެވެ.
https://mool.ee/ARO މި ލިންކު މެދުވެރިކޮށް އާރޯ ފެނަށް އޯޑަރު ދެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު