އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން، ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލާނެއެވެ.
ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓުލާމީހުންގެ ފައިނަލް ލިސްޓު ޕްރިންޓްކޮށް، ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން މާދަމާ ސޮއިކުރަން ފަށާއިރު، ދަރުކާރުގޭގައި އެކަން ކުރިއަށްދާނީ، މިމަގުގެ 27 އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ފަސް މަންދޫބަކަށް ސޮއި ކުރުމުގެ ފުރުސަތު އޮތްކަން ކެންޑިޑޭޓުންނަށް މިހާރު ކެނޑިޑޭޓުންނަށް އަންގާފައިވާ ކަމަށައި، މިއީ ފައިނަލް ލިސްޓު ކަމަށްވާތީ، ޝަރުއީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް މި ލިސްޓަށް ބަދަލެއް ނުގެނެވޭނެތީ، ޝަކުވާއެއް އޮތްނަމަ އޮތީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަުން އާއްމު ކުރި ފައިނަލް ލިސްޓުގައި ވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބފައެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ޖެހޭގޮތަށް ހަމަޖައްސާފައިވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ 8 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.
ޚަބަރު
ޚަބަރު