ޖެޓްސްކީއެއްގައި ދެކުނު ކޮރެއާއަށް އެތެރެވާން އުޅުނު ޗައިނާ މީހަކު ހައްޔަރުކޮށްފިއެވެ.
ޗައިނާގެ ކުވޮން ޕިޔޮންގް ނަމަކަށް ކިޔާ އެކްޓިވިސްޓަކު ފިލައިގެން ދެކުނު ކޮރެއާއަށް އެތެރެވުމަށް މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފައިވަނީ ދެކުނު ކޮރެއާ އާއި 300 ކޮލޯމީޓަރު ދުރުން ކަމަށް އެގައުމުގެ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ދެކުނު ކޮރެއާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ކޮމެންޓު ކުރުމަށް ދެކޮޅުހަދާފައި ކަމަށް ނޫސްތަކުން ބުނެއެވެ.
ދާދި ފަހުން ޗައިނާއިން ވަނީ އެ ގައުމުގެ އެކްޓިވިސްޓުން ގައުމުން ބޭރުވުން ހުއްޓުވައި ބޯޑަރު ބެލެހެއްޓުން ހަރުދަނާކޮށްފައެވެ.
ދެކުނު ކޮރެއާގެ ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި ޗައިނާގެ އެކްޓިވިސްޓް ކުވޮން އެ ގައުމަށް ވަގަށް އެތެރެވުމަށް ބޭނުންކޮށްފައި ވަނީ 1800ސީސީގެ ޖެޓް ސްކީއެކެވެ. އޭނާ ވަނީ އެ ދަތުރަށް ވަރަށް ރަނަގަޅަށް ތައްޔާރުވެފައި ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ކޮރެއާގެ ކޯސްޓްގާޑުން ބުނާގޮތުގައި ކުވޮން ފެނުނު އިރު ހުރީ ލައިފް ޖެކެޓަކާއި ހެލްމެޓެއް އަޅައިގެން ކަމަށާއި އޭނާ ދުއްވަމުން ދިޔަ ޖެޓް ސްކީ ދުއްވަމުން ދިޔައީ ފަސް ތެޔޮ ފީފާ ވެސް ކަފުޖަހައިގެންނެވެ.
ކުވޮންގެ ދަތުރު ފުރިހަމަ ނުވަނީސް އޭނާ ވަނީ ހާލުގައި ޖެހި އެހީއަށް އެދިފައިކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ