ކޮވިޑަށްފަހު އުތުރު ކޮރެއާގެ ބޯޑަރު ހުޅުވާލަން ޝެޑިއުލްކުރި ފުރަތަމަ ފްލައިޓު އެންމެ ފަހުވަގުތު ކެންސަލް ކޮށްފިއެވެ.
ހޯމަ ދުވަހު ޖައިނާގެ ވެރިރަށް ބެއިޖިންގް އަށް އުތުރު ކޮރެއާގެ ޕިޔޮންޔަން އިން ދަތުރުކުރުމަށް ޝެޑިއުލް ކޮށްފައިވާ އެއާ ކޮރެޔޯގެ ފްލައިޓު ޖޭއެސް 151 ކެންސަލް ކުރި ވަކި ސަބަބެއް އުތުރު ކޮރެއާއިން އާންމުކޮށްފައެއް ނުވެއެވެ.
2020 ވަނަ އަހަރު އުތުރު ކޮރެއާގެ ބޯޑަރު ބަންދު ކުރިފަހުން އެ ގައުމުން ދަތުރު ކުރަން ޝެޑިއުލްކުރި ފްލައިޓު ބެއިޖިން އެއާޕޯޓަށް ޖައްސަންވާއިރަށް އެއެއާޕޯޓަށް ވަނީ ނޫސްވެރިން ޖަމާވެފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުން އުތުރު ކޮރެއާގެ ފްލައިޓުތަކަށް ދަތުރުކުރުމަށް ހުއްދަ ދީފައިވީނަމަވެސް އުތުރު ކޮރެއާއިން އެކަމަށް ޝައުގުވެރިކަން ނުދޭކަމަށް ބުނެފައެވެ.
ޗައިނާއަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓު ކެންސަލް ކޮށްފައިވާއިރު އުތުރުކޮރެއާގެ އެންކޭ ނިއުސް އިން ވަނީ އެގައުމުގެ އެއާ ކޮރެޔޯގެ ހާއްސަ ދެ ފްލައިޓެއްގެ ދަތުރު ރަޝިޔާގެ ވުލަޑިވޮސްޓޮކް އަށް ޕިޔޮންގުޔަންގް އިން އަންނަ ހުކުރު އަދި ހޯމަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.