ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން އިއުލާންކޮށްފައިވާ ގޮތުގައި ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފައިވާ ޑޮލަރުތަކަކީ މި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ކަފިހުރަސް ސަރަހައްދުން ފެނުނު ޑޮލަރު ތަކެކެވެ.
މި ޑޮލަރުތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މި ފައިސާތަކުގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފެނިފައިވަނީ ކިހާ އަދަދެއްގެ ޑޮލަރު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ މީޑިއާއަށް ގުޅުމުން ވެސް ފޯނު ނުނަގާތީ، އެމައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ފައިސާތަކުގެ ވެރިފަރާތުން، އެއާޕޯޓް ޕޮލިސް ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް ޕޮލިސް އަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު