ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ތައިލެންޑުގައި ބާއްވާ ކިންގްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްޓަކައި އިންޑިއާ އާއި އިރާގު ބައްދަލުކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ގުރު ނެގުން ބުދަ ދުވަހު ބޭއްވި އިރު، އިންޑިޔާއަށް ވާދަކުރަން ޖެހެނީ އިރާގާއެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ދުނިޔޭގެ އެންމެ މަތީ ރޭންކަކީ އިރާގެވެ. އިރާގުގެ ވަނައަކީ 70 އެވެ. އިންޑިޔާގެ ވަނައަކީ 99 އެވެ. ފުރަތަމަ ސެމީގައި އިންޑިއާއާއި އިރާގު ބައްދަލު ކުރާނީ ސެޕްޓެމްބަރު ހަތްވަނަ ދުވަހު ތައިލެންޑުގެ ޗިއާންމާއީގައެވެ. އިންޑިއާ އާއި އިރާގު އެންމެފަހުން ބައްދަލުކޮށްފައި ވަނީ އެކުވެރިކަމުގެ މެޗެއްގައި 2010 ވަނަ އަހަރު އިރާގުގެ ބަޣުދާދުގައެވެ. އެ މެޗު 2-0 އިން ކާމިޔާބު ކުރީ އިރާގެވެ.
އަނެއްފަޅިން ފައިނަލުގެ ޖާގައަކަށް ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ތައިލެންޑާއި ލުބުނާނެވެ. ފީފާ ރޭންކިންގައި ތައިލެންޑުގެ ވަނައަކީ 113 އެވެ. ލުބުނާނުގެ ވަނައަކީ 100 އެވެ. ލުބުނާނާއި ތައިލެންޑުގެ މެޗުވެސް ކުޅޭނީ ޗިއާންމާއީގައި ސެޕްޓެމްބަރު ހަތްވަނަ ދުވަހުއެވެ. ސެމީން ބަލިވާ ދެ ޓީމުގެ މެދުގައި ބްރޯންޒް މެޗު ކުޅޭނީ ސެޕްޓެމްބަރު ދިހަވަނަ ދުވަހުއެވެ.
ސެމީން މޮޅުވާ ދެ ޓީމުގެ މެދުގައި ފައިނަލް މެޗު ކުޅޭނީވެސް ހަމަ ސެޕްޓެމްބަރު ދިހަވަނަ ދުވަހުއެވެ. މިއީ ކިންގްސް ކަޕުގައި އިންޑިއާ ވާދަކުރާ ހަތަރުވަނަ ފަހަރެވެ.
ކިންގްސް ކަޕަކީ ތައިލެންޑުގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އިންޑިއާ އެންމެ ފަހުން މި މުބާރާތުގައި ވާދަކޮށްފައިވަނީ 2019 ގައެވެ. އެ ފަހަރު 1-0 އިން ތައިލެންޑް ބަލިކޮށް ބްރޯންޒް މެޑަލް ހޯދާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު