- އއ. ތޮއްޑޫއިން އަލީ ރިފްޝާން
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު ތޮއްޑޫއިން ފައްޓަވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތޮއްޑޫއަށް ރައީސް ވަޑައިގެންނެވުމާއެކު މި ރަށުގެ ބަނދަރު ސަރަހައްދުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
އއ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މި ރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އެއަށްފަހު މި އަތޮޅުގައި މީހުން ދިރިއުޅޭ އަނެއް ހަތް ރަށުގެ ތެރެއިން ދެން ވަޑައިގަންނަވަނީ ރަސްދޫއަށެވެ.
ރައީސްގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ގިނަ ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން އިޖުތިމާއީ، އިގުތިސާދީ އަދި ރަށުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވައެވެ.
ރައީސްގެ ކެމްޕޭންގެ ތެރެއިން މިހާތަނަށް ށ. އަތޮޅު، ހއ. އަތޮޅު، މ. އަތޮޅު، ވ. އަތޮޅު، ފުވައްމުލަކު ސިޓީ އާއި ނ. އަތޮޅު، ދ. އަތޮޅު، ދ. އަތޮޅު، ގދ. އަތޮޅު އަދި ގއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސް ވަޑައިގަންނަވާނީ އދ. އަތޮޅުގެ ރަށްތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު