ގދ. ހޯޏޑެއްދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ސްޕޯކްސްޕާސަން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކެމްޕޭން ކުރުމުގެ މިނިވަންކަން ލިބިދީފައި ނުވާ ކަމަށެވެ. އަދި މިހާރު ވެސް އެއިރުގެ ވެރިކަމުގައި ތިބި ފަރާތްތަކުގެ ފަރާތުން ފެންނަނީ އެފަދަ މަންޒަރުތައްކަމަށް މާރިޔާ ވިދާޅުވިއެވެ.
"ރޭގަ ހޯޑެއްދޫގަވެސް އަޅުގަނޑުމެންގެ ހަރުގެއަށް ގެއްލުންދީ، ކަޅުތެޔޮ އުކާޢީ މިކަހަލަ ކަންކަންކުރީ. އެއް ހަރުގެ އަންދާލައިފި. ރައީސް ވަޑައިގަންނަވާ ގަޑީގަ ކޯޑެން ބްރޭކްކުރަން އުޅެފި" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެފަދަ ގޮތަކަށް ވާދަވެރި ފަރާތްތަކުގެ އަމަލުތައް ހުންނައިރު ވެސް އެ ފަރާތްތަކުން ބުނަމުންދަނީ، ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު ފުލުހުންނާއި ސިފައިން ހަރަކާތްތެތެރިވާ ވާހަކަ ކަމަށެވެ. ވާދަވެރިން ފަރާތްތަކުން ބޭނުންވަނީ ފުލުހުންނާއި ސިފައިން އެ ފަރާތްތަކަށް އަނިޔާކުރާކަން ދައްކަން ފޮޓޯގަނޑެއް ނަގަންކަމަށް މާރިޔާ ވިދާޅުވިއެވެ.
ކެމްޕޭން ކުރުމަކީ ކޮންމެ ރައްޔިތަކާއި މުޅި ގައުމުގެ ހައްގެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. ވޯޓުލުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގައި ބައިވެރިވުންކަމަށް ފުލުހުން އަދި ސިފައިން ކައިރީގައި އަބަދުވެސް ދަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކެމްޕޭންކުރުމަށް ހުރަސްއަޅާ ނަމަ ފުލުހުން ސިފައިން އެކަމަށް އެޑްރެސްކުރަން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު