ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސިޕްމަންޓް ފޯޓެއް ގާއިމުކުރުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓާސް، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު ކޮށްދެއްވީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ.

ޖޭޕީގެ ވެރިކަމެއްގައި ސަރަހައްދީ ތަރައްގީއަށް ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި މެނިފެސްޓޯގައި އެންމެ ބޮޑު ކަމަކަށް ހިމަނާފައި ވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ޕޯޓެއް ހެދުމެވެ. އެގޮތުން އިހަވަންދިއްޕޮޅު ހާއްސަ އިގުތިސޯދީ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސައި، އަހަރަކު 5 ބިލިއަން ކޮންޓެއިނާގެ ހިދުމަތް އެ ޕޯޓުން ލިބޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން 35،000 ޓޫރިސްޓު އެނދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމާއި ރާއްޖޭގެ މެދު ދެކުނު ( އއ، އދ، ވ، މ، ފ، ދ) ގައި ބިލިއަނަރުންގެ ސިޓީއެއް ގާއިމުކުރަންވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

  • ޔޮޓް ބަނދަރެއް ގާއިމުކުރުން
  • އިންޓަނޭޝަނަލް ގޮލްފް ރިސޯޓެއް ލ. އަތޮޅުގައި ގާއިމުކުރުން
  • އިންޓަނޭޝަނަލް ވޯޓާ ސްޕޯޓްސް ރިސޯޓެއް ގާއިމުކުރުން
  • ފްލޯޓިން ރިސޯޓެއް ގާއިމުކުރުން
  • ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުން
  • ހުޅުމާލޭ ފޭސް 2ގައި ހޮސްޕިޓަލެއް އެޅުން
  • ޔޮޓް ބަނދަރެއް ގާއިމުކުރުން
  • ނ. އަތޮޅާއި ރ. އަތޮޅުގައި ޝިޕްޔާޑެއް ގާއިމުކުރުން
  • ގއ އަދި ގދ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުން
  • އިންޓަނޭޝަނަލް ކުރޫޒް ސިޓީއެއް ބިނާކުރުން
  • އިންޓަނޭޝަނަލް ވެލްނަސް ސިޓީއެއް ބިނާކުރުން
  • ބުޓިކް ރިސޯޓަށް ސަރަހައްދެއް ގާއިމުކުރުން
  • މަސް ބަންދުކުރާ ކޭނަރީއެއް ގާއިމުކުރުން