އެމްޑީޕީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސް އުފެއްދި މެމްބަރުން މަގުސަދަކީ ވެރިކަމަށް އައުން ނޫން ކަމަށާއި އެ މެމްބަރުންގެ ބޭނުމަކީ އެމްޑީޕީގެ ވޯޓު ބައިބައި ކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ހޯޑެއްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހޯޑެއްދޫއަކީ އަބަދުވެސް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދެމުން އަންނަ ރަށެއް ކަމަށެވެ. ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ވޯޓުލުމުގެ ހައްގު ބޭކާރު ގޮތުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށާއި އެ ހައްގު ބޭނުން ކުރަންވަނީ ތަރައްގީއާ އެކު ކުރިއަށް ދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން މެމްބަރުންތަކެއް ވަކިވުމުން އެކަމުގެ އަސަރު ހޯޑެއްދޫއިން އެމްޑީޕީއަށް ދެމުންދިޔަ މެޖޯރިޓީއަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ހާއްސަ ވޮލީ ކޯޓެއް ހަދައިދެއްވާނެ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި އެހެންކަމުން ދެވަނަ ދައުރަކަށް އިންތިހާބު ކުރަންވީ ކޮން ކެންޑިޑޭޓެއްކަން ރައްޔިތުންނަށް ސާފު ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު