އއ. އުކުޅަހު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ޖުމުލަ 67 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2020ގައެވެ.
އެމްޓީސީސީން މިއަދު ބުނީ، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން ކުއްޔަށް ނެގި ޑްރެޖަރު، "ފިލިޕޯ ބްރުނެލޭޝީ" ބޭނުންކޮށްގެން ކަމަށެވެ. އުކުޅަހު ބިން ހިއްކުމަށް އެ ޑްރަޖަރު މޮބިލައިޒް ކުރީ ހއ. އިހަވަންދޫއާއި ށ. މަތިކޮމަންޑޫ ބިން ހިއްކާ ނިންމުމަށްފަހުއެވެ.
އުކުޅަހު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކައި، 1692 މީޓަރުގެ ސޭންޑް ބަންޑެއް ހަދާނެއެވެ. އަދި 1054 މީޓަރުގެ ރިވެޓްމަންޓަކާއި 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު