ދ. މާއެނބޫދޫ/ މުހައްމަދު އިޝާން (ވަން އޮންލައިން)
ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ދ. މާއެނބުދޫގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ރައްޔިތުން އެންމެ މުހިންމު ކަމަކަށް އެދިފައި އޮތީ ރަށުގެ ބިން ހިއްކުން ކަމަށާއި އެ މަސައްކަތް މިހާރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް މަސައްކަތްކޮށް މި ދެނީ އިރާދަކުރެއްވިއްޔާ ވޯޓުލުމުގެ ކުރިން މިރަށުގެ (ބިން ހިއްކުމުގެ) އަމަލީ މަސައްކަތް ފެށޭ ހިސާބުގައި އެކަން ގެންދެވޭތޯ. މާއެނބޫދޫގައި ކުރަން ހުރި ކަންތައްތަކުގެ ތެރޭގައި ހިއްކާ ބިމުގައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ބޭނުންވާ ރޯހައުސް އަޅުގަނޑުމެން އަޅައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މި ރަށަށް އިތުރު ވައުދުތައް ވަމުން ރައީސް ވިދާޅުވީ، ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ރަށުގެ ދެ ވޮލީ ކޯޓުގައި ޓާފު އަޅައި ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ.
ރަށްރަށަށް ޒަމާނުއްސުރެ ދިމާވަމުން އައި ކަރަންޓުގެ މައްސަލަ މި ސަރުކާރުން ހައްލުކޮށްދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް 40 އަހަރު ތެރޭގައިވެސް ރަށްރަށަށް ކަރަންޓުގެ މައްސަލައެއް ދެން ދިމާނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު