އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިފުޅު އަހުމަދު ފުއާދު މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އަހުމަދު ފުއާދު، 47، ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި މިއަދު ހެނދުނުއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ކާޑިއެކް އެރެސްޓެއްގައެވެ.

އޭނާ ނިޔާވީ ކިޑްނީ އާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ ބަލީގެ ސަބަބުން އޭނާ ދިރިއުޅުވަމުންގެންދެވީ އިންޑިޔާގެ ޓްރިވެންޑްރަމްގައެވެ.

އަހުމަދު ފުއާދަކީ، ފުއާދުގެ ފަސް ދަރިންގެ ތެރެއިން ދެވަނަ އަށް އެންމެ ދޮށީ ދަރިފުޅެވެ.