ދިވެހިން އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމުތަކުގެ ތެރެއިން ވިސާއާ ނުލައި ދެވޭ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ ހިމެނިއްޖެއެވެ.
ސައުދީ ސަރުކާރުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އަށް ގައުމެއްގެ ރައްޔިތުންނަށް ވަނީ ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ.
ސައުދީ ސަރުކާރުން ވިސާއާ ނުލައި ދަތުރުނުކުރެވޭ ގޮތަށް ހުއްދަ ދީފައިވަނީ ދިވެހިންގެ އިތުރުން އަޒަރުބައިޖާން، ޖޯޖިއާ، ކިރްގިސްތާން، ސައުތު އެފްރިކާ، އަލްބާމާ، އުޒުބަކިސްތަނު އަދި ތަޖަކިސްތާންގެ ރައްޔިތުންނަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް، ސައުދީން ފަތުރުވެރިންނަށް ދޫކުރާ "ވިޒިޓާ ވިސާ" އޮންލައިންކޮށް އަދި އޮން-އެރައިވަލްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ވިސާގެ ދަށުން އުމްރާގެ އަޅުކަމާއި ވިޔަފާރިގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޓުއަރިޒަމްގެ ބޭނުމަށް ސައުދީއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް
އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް
ވިޔަފާރީގެ ބޭނުމަށް ސައުދީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް
އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުމުގެ ބޭނުމުގައި ސައުދީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް
ވިސާއާ ނުލައި ސައުދީއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަމަށް ދާ މީހުން ވިސާ ހައްދަން ޖެހެއެވެ.
ސައުދީ ސަރުކާރުން މިދިޔަ މަހުން ފެށިގެން އެކި ގައުމުތަކުގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުމަށް ނިންމާފައިވަނީ، އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ފަތުރުވެރިވެރިންނަށް ލުއިކޮށްދިނުމުގެ މަގުސަދުގައެވެ. ސައުދީގެ އެ ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު