ރާޅުގަނޑާއި ބްރިޖް ސަރަހައްދަށް އުދައެރުމާ ގުޅިގެން ކާނިވާ ރޫޓުގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކުން މިއަދު ބުނީ ނެރެފައިވާ އިއުލާނެއްގައި ވާ ގޮތުން އެ ރޫޓުގައި ހިމެނޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 (ރޫޓު 2) އަދި ހުޅުމާލޭ ފޭސް 2 އިން ކާނިވަލް (ރޫޓް 8) ގެ ބަސް ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކާނިވާ ރޫޓުގެ ބަހުގެ ހިދުމަތް މެދުކަނޑާލިޔަސް، ވެސްޓް ޕާކު ރޫޓުގެ ބަސްތަކާއި އެއާޕޯޓު ރޫޓުގެ ބަސް ދަތުރުތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާޅުގަނޑާއި ބްރިޖް ސަރަހައްދަށް އުދައެރުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ބްރިޖާއި ވެލާނާ އެއާޕޯޓް ގުޅޭ ސަރަހައްދަށް އުދައެރުމުގެ ސަބަބުން އެކި މީހުންނަށް އަނިޔާވެފައިވާ އިރު، ހަތަރުފުރޮޅުލީ އުޅަނދު ނުވަތަ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާޅުގަނޑާއި ބްރިޖް ސަރަހައްދަށް އުދައެރުމުގެ ސަބަބުން އެ ސަރަހައްދުން އާންމު ދަތުރުފަތުރުކުރުމަށް އުނދަގޫވެފައިވާ އިރު، ގައުމީ މޫސުމާބެހޭ އިދާރާއިން ވަނީ މިއަދު 15:30 އިން 18:30 އަށް އުދަ އަރާނެކަމަށް ލަފާކޮށް މާލެ ސަރަހައްދަށް ހުދު ސަމާލުވެސް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު