ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އަލުން ފެށި މި ދަތުރުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 6:05 ގައެވެ. އެ ފްލައިޓްގައި 186 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.
އެމްއޭސީއެލުން މިއަދު ބުނީ މި އެއާ ލައިނުން ޗައިނާގެ ޗެންގްޑޫ އާއި ރާއްޖެއާ ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ދަތުކުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސިޗުއާން އެއާލައިންއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައި މިވަނީ ހަތް އަހަރަށް ފަހުގައެވެ.
ރާއްޖެއިން ޗައިނާއަށް އެ ގައުމުގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓާޑް ފްލައިޓެއް ބާއްވާ އިރު، ޗައިނާ އީސްޓަން އެއާލައިނުން ހަފުތާގެ ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެއެވެ.
އެމްއޭސީއެލުން ބުނީ ކޮވިޑް-19ގެ ބަލިމަޑިކަމަށްފަހު ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް ކަމަށެވެ. މި އަހަރުގެ ކުރީކޮޅު ޗައިނާގެ ބޯޑަރު ހުޅުވާލިފަހުން އެގައުމުގެ ފަތުރުވެރިކަން އިތުރުވެ މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ އިރު، ފަތުރުވެރިންނަކީ ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވެސް ބުންޏެވެ.
ސިޗުއާން އެއާލައިންސްގެ ދަތުރުތައް ފެށިއިރު، އެމެރިކާގެ ވަޖިން އެޓަލާންޓިކުން އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއަޕޯޓާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ރާއްޖެއަށް ދުނިޔޭގެ 30 އަށްވުރެ ގިނަ މަންޒިލުން 40 އަށްވުރެ ގިނަ އެއާލައިން ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު