ފުވައްމުލަކު ސިޓީގެ ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ކޮށްދެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްކަމަށް، އެ މަނިކުފާނުގެ ނައިބު، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއަށް ފުވައްމުލަކަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައީސް ސޯލިހު ނޫން އެހެން ފަރާތެއް ވެރިކަމަށް އިންތިހާބު ކޮށްފިނަމަ ފުވައްމުލަކުގައި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ދެ އަހަރަށް ނުވަތަ ތިން އަހަރަށް ލަސްވެގެންދާނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ސޯލިހަކީ 'ޓެސްޓެޑް އަދި ޕްރޫވެން" ރައީސެއް ކަމަށާއި، އެ ރައީސް ވަނީ ފުވައްމުލަކަށް ތަރައްގީ ގެނެސްދެއްވައިފައި ކަމަށެވެ. އެހެންކަމުން ރަށް އިތުރަށް ތަރައްގީކުރަން ބޭނުންވާ ނަމަ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން ޖެހޭ ކަމަށެވެ.
"މަސައްކަތް ކެރަންނަވީ ތިބޭފުޅުން ރައީސުލްޖުމްހޫރިއްޔާށަށް އިތިރި ދައުރުއް ހުވާދިނުމުގެ މަސައްކަތް ކެރަންނަވީ، އެއީ ހަމައެކަނި އަފުންނަށް އަމާންކޮށް ގާއިމުކޮށް ތަރައްގީ ހާސިލުކޮށް، ހަމަހަމަކަން ގާއިމުކޮށް ދެނަސް ނިވީ ތިބި ހުށިހައިކަމަށް ވެންނައޮއް ހަމައެކަނި ގޮތަކީ އަދުގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަހަށް ހުވީގެން" ނައިބު ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުވައްމުލަކުގައި ގާއިމުކުރި ނަރުދަމާގެ މަސައްކަތް ޖެހުނީ މި ސަރުކާރުން އަލުން ކުރަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ 95 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުތަކަކީ ފުވައްމުލަކުގައި ތިބި އެމްޑީޕީ މެންބަރުންނަށް ކޮށްދެއްވި މަސައްކަތެއް ނޫން ކަމަށާއި ޕީޕީއެމް ސަޕޯޓަރުން ވެސް ބޭނުންވަނީ ރަށް ތަރައްގީ ކުރަން ކަމަށާއި ރައީސް ސޯލިހު ކުރައްވަނީ އެ މަސައްކަތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުން އަދި މަގުތައް ހެދުމުގެ މަޝްރޫގެ އިތުރުން ފެނާއި ނަރުދަމާ ހިމެނޭހެން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް ރަށުގައި ތައުލީމީ ޖީލެއް ބިނާކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ ކަންތައްތައް ކޮށްދީފައި ނުވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ބަނދަރާއި އެއާޕޯޓުގެ ރަންވޭ މިއަންނަ ދައުރުގައި ބޮޑުކޮށްދެއްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު