ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިންމާލައިފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ ބާރަށު ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފައިވާ ކަމަށާއި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފަށާނެ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ޖުމުލަ 70 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 49,437.5 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 8,600 ކިއުބިކް މީޓަރުގެ ބަނދަރު ސަރަހައްދު ފުންކުރުމާއި 460 މީޓަރުގެ ސަރަހައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެ މަޝްރޫއަކީ 14.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު