ރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ހުޅުވައިދެއްވައިފިއެވެ.
ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކާނިވާ ހުޅުވައިދެއްވުމަށް ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު، ހުޅުމާލެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިވަން އުފާ ކާނިވާ ހުޅުވައިދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް އަދި ޑްރޯން ޝޯއާއި ހަވާގެ ކުޅިވަރުތައް ބައްލަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު