ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑުއަށް ވަޑައިގެންފިއެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނާއާއި ނަޝީދު އައްޑުއަށް ކުރައްވާ ދަތުރުގައި މިރޭ ފޭދޫގައި ބައްދަލުވުމެއް ބާއްވާނެއެވެ. އަދި މާދަމާ މަރަދޫފޭދޫއާއި މަރަދޫގައި އަދި މެންދުރުފަހު މީދޫއާއި ހުޅުދޫގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ ހިތަދޫގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުގެ އެންމެ ފަހު ދުވަހު ފޭދޫއާއި ހިތަދޫގައި ދޮރުން ދޮރަށް ހަރަކާތްތަކެއް ހިންގާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރާ މެދު އައްޑޫގެ ރައްޔިތުން ނުރުހިފައި ތިބި ވަރު އިހުސާސް ކުރެވޭ ކަމަށެވެ. އަދި މި ދަތުރުގައި ޑިމޮކްރެޓްސްގެ ސިޔާސަތާ ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް އައްޑުއަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ވަނީ މާލޭގައި ވެސް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު