ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ވިލިނގިލީގައި އުމުރުން 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ދަންވަރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ވިލިނގިލީ ކައުންސިލްގެ މެންބަރުންނަށް ގުޅުމުން އެއްވެސް މެންބަރަކު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު