އެއް މިނެޓު ތެރޭ 374 ފަހަރު ސްކިޕްކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

ޗައިނާގެ 16 އަހަރުގެ ޒޯޝީ ވަނީ މީގެ ދިހަ އަހަރު ކުރިން ޖަޕާނު މީހަކު ހަދާފައިވާ، މިނެޓެއް ތެރޭ އެންމެ ގިނަ ފަހަރު ސްކިޕް ކުރާ ރެކޯޑު މުގުރާލައިފައެެވެ.

ޖަޕާނުގެ ޑައިސުކޭ މިމުރާ ވަނީ އެއް މިނެޓު ތެރޭ 348 ސްކިޕްކޮށް، 2013 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.

ޒޯޝީ ވަނީ އޭނާ މުގުރާލި ރެކޯޑު، ދުނިޔޭގެ ރެކޯޑު ފޮތުގެ އޮފިޝަލުން ވެސް ވަނީ ގަބޫލުކޮށްފައެވެ.

މީގެ ކުރިން ޒޯޝީ ވަނީ ރެކޯޑު ހެދުމުގެ ކުރިން އަމިއްލައަށް އެއް މިނެޓުތެރޭ 398 ވަހަރު ސްކިޕް ކޮށްފައެވެ. ނަމަވެސް ރެކޯޑު ފޮތުގެ ގައިޑްލައިންގައި އޮންނަ ގޮތަށް އޮފިޝަލުންގެ ހާޒިރުގައި ނުކުރުމުން އެފަހަރު ވަނީ އެ ރެކޯޑު ބަަލައިނުގަނެފައެވެ.