ނަވާރަ އަހަރަށް ފަހު، ސިންގަޕޫރުގައި ޑްރަގް ޓްރެފިކް ކުރި މީހަކު ދަންޖައްސައިފިއެވެ.

އުމުރުން 56 އަހަރުގެ މުހައްމަދު އަޒީޒް ހުސައިން ނަމަކަށް ކިޔާ މީހަކު ދަންޖައްސައި މަރާލާފައިވާއިރު އޭނާ ހައްޔަރުކޮށް ޖަލަށް ލާފައިވަނީ، 2018 ވަނަ އަހަރު 50 ގްރާމް ހެރޮއިން ފެނުނު މައްސަލައެއްގައެވެ.

ސިންގަޕޫރުގައި ހަރަކާތްތެރިވާ ހިއުމަން ރައިޓްސް އޯގަނައިޒޭޝަނަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގައި މާދަމާވެސް ވަނީ މީހަކު ދަންޖެއްސުމަށް ނިންމައިފައެވެ. އެއީ ސާޅީސް ފަސް އަހަރުގެ އަންހެނެކެވެ. އޭނާ ވެސް ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އޭނާގެ އަތުން ފެނިފައިވަނީ 30 ގްރާމް ހެރޮއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިންގަޕޫރުގައި ދަން ޖައްސައި މީހަކު މެރުމުން، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ހިއުމަން ރައިޓްސް އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ޑްރަގާއި ގުޅޭ ޕޮލިސީތައް ނަހަމު ގޮތުގައި ބޭނުންކޮށްގެން މިފަދަ އަދަބު ދިނުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.

ސިންގަޕޫރުގެ ގާނޫނުގައި ވާގޮތުން އެ ގައުމަށް 500 ގްރާމަށްވުރެން ގިނައިން ކެނަބިސް އަދި 15 ގްރާމަށްވުރެން ގިނައިން ހެރޮއިން އެތެރެކުރިކަން ސާބިތުވެއްޖެ ނަމަ އެމީހަކަށް އޮތް އަދަބަކީ މަރެވެ.