މާލޭ ގެއެއްގައި ތެރޭގައި ގޭސްފުޅިއެއް ގޮވައި އަންހެނަކު ފިހިގެން ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މ. ދިއްލީވިލާގައި ގޭސްފުޅިއެއް ގޮވައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ފިހިފައިވަނީ އުނދުންް ރޯކުރި އަންހެން މީހާއެވެ. އޭނާގެ މޫނު ފިހިފައިވާތީ، ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ފިހިފައިވަނީ ކިހާވަރަކަށް ކަމެއް އަދި ނޭނގެއެވެ.