ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާލޭގައި ހިންގާ ސެލޫން ސްޕާއެއް ރެއިޑްކޮށް، ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެންޓި ޓްރެފިކިން ޑިޕާޓްްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރާއި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހުން ކޯޓަށް ހާޒިރުކުރުމުން ތިން އަންހެނުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް، އަދި 38 އަހަރުގެ ދިވެހި މީހާ 10 ދުވަހަށް، 39 އަހަރުގެ މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު