އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިރާސީ އިންތިހާބުގައި އެމްޑީޕީ، އަދާލަތުޕާޓީ، އަދި އެމްޑީއޭ، ގެ ކޯލީޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަރިންމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ރަނިންމޭޓުކަމަށް ވަޑައިގަތުމަށް، ނައިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައްޔާޒު ވާދަކުރައްވަމުން ގެންދަވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ، "އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއް ތިކަމަކަށް ނެތް، ކޮންމެވެސް ސަބަބަކާ ހުރެ ތިވާހަކައެއް ދައްކަމުން ދަނީ ރީކޯ މޫސަ، އެއީ ވަރަށް ދެރަ ކަމެއް،" ކަމަށެވެ.
ރައިންމޭޓް ކަމަށް ޝައުގުވެރިކަމެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއިރު، ރަނިންމޭޓަކަށް ބޭފުޅަކު އަދި ކަޑައަޅުއްވާފައި ނުވާނެ ކަމަށާއި އެ ބޭފުޅަކީ ކޯލިޝަންގެ ބޭފުޅަކަށްވެސް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ވ. ފުލިދޫގައި އިއްޔެ ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު މިހާރު އެންމެ ބޮޑަށް ވިސްނަވަމުން ގެންދަވަނީ ރަނިންމޭޓެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ކަމަށެވެ.
"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ ވާހަކަދައްކަމުން އެބަ ގަންދަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު ކޮންމެ ދުވަހަކު އެބަ ހޯދަން، ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން. އެކި ނަންތައް އެބައާދޭ، ފަހަރެއްގަ ކޯލިޝަނުން ވެސް ބޭފުޅެއް ރަނިންމޭޓަކަށް ކަނޑައަޅައިފާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ނަން ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު