އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ވޯޓުލުމަށް އަލުން ރަޖިސްޓްރީ، (ރީ ރަޖިސްޓްރީ) ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބޭރު ގައުމުތަކުގައި ތިބި މީހުންނަށް އޮންލައިންްކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ހިދުމަތް މިފަހަރު ހަމަޖައްސައިނުދެވުނު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އެހެންކަމުން ފުއާދު މިއަދު ވިދާޅުވީ، އެކަމަށްޓަކައި ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި "ކޮލަމްބޯ، ޓްރިވެންޑްރަން، ލަންޑަން، ކުއަލަލަންޕޫރު، ފަދަ ތަނެއްގައި ހުންނެވިނަމަ، އެތަނެއްގައި ހުންނަ ހައިކޮމިޝަނަށް، ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެން،" ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އަލުން ރެޖިސްޓްރޭޝަނަށް ހުޅުވާލާފައި ވަނީ ދެގޮތަކަށެވެ. އެއީ އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ އިތުރުން އާއްމުކޮށް ކުރިއަށްގެންދާ، ފޯމު ހުށަހަޅައިގެން ރަޖެސްޓްރީ ކުރުމެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ.
ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް 21 ދުވަހުގެ މުއްދަތަށެވެ.
އީސީން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު