ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސަންޓު މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަަދު ބުނެފި އެވެ.
ކަމަދޫ ބަނދަރު މަޝްރޫއަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ބުނީ ކަމަދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތާއި، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތާއި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 31,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 5,085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 187 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 1810 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން ހިމެނެ އެވެ. އަދި ބަނދަރުގައި ރޭމްޕެއް ހެދުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ އިތުރުން ސްކޯ އޭޕްރަންއެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، މޫރިން ރިންގްސް ހަރުކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު