ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލާއި، ޕާޓީ ހިންގަން ބޭނުންވާ އިންތިގާލީ އެެހެން ބައެއް ކޮމިޓީތަކަށް މެންބަރުން އައްޔަން ކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލް އެކުލެވިގެން ވަނީ 20 މެންބަރުންގެ މައްޗަށެވެ. އެއީ ޕާޓީގެ އަސާސީ ގަވާއިދުގެ 154 ވަނަ މާއްދާގައި ބުނެފައިވާގޮތަށް، ޕާޓީގެ މުއައްސިސް ކަނޑައަޅާ 12 މެންބަރުންނާއި އިންތިގާލީ ކައުންސިލްގެ ބޭނުމަށް އައްޔަންކުރަން، ޕާޓީގެ އިންތިގާލީ ކައުންސިލްގެ އެއްވަަނަ ބައްދަލުވުމުން ފާސްކުރި ފަންނީ 8 މެންބަރުންގެ މައްޗަށެވެ.
- މުހައްމަދު ޝިފާޒް، މަދޮށިމާގެ ހއ. ބާރަށް (އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް)
- ހުސެއިން އަމްރު، މުހައްމަދު ރަޝާދު ގ. ހައްދުންމަތީ ދެކުނުގެ (އެސްޓީއޯގެ ކުރީގެ އެމްޑީ)
- މުހައްމަދު ޒިޔާދު، މ.ސަލްޖަމްގެ
- އަހުމަދު މައުސޫމް، ގ.ފްލެސެންޓް ވޭވްސް
- އަހުމަދު ޝާހިދު، މއ.ޗަނބޭލީގެ
- ހަސަން ޝާޒްލީ، އޯޝަން ވިލާ ކ.ގުރައިދޫ
- އަހުމަދު މުޖުތަބާ، މ.ސީވޯލް
- އިބްރާހިމް ރަޝީދު، އަބޫބަކުރު ރަންގިރިޓީގެ އދ. މާމިގިލި
- މުހައްމަދު މާސިހު، ސްޓޯން ނ.ވެލިދޫ
- އައިމިނަތު ޒާހިރާ، ގ.އާކާޝްވިލާ
- އައިޝަރު އަލައިކާ، އަދުނާން މއ.ތަބައްގެ
- ރީޝާ މުސްތަފާ، މއ.ސްނޯލައިޓް
- ފާތިމަތު ޒީނާ އަލީ، ހ.ރައިސިން ސަން
- ޝަފީއާ ޒުބެއިރު، ހ.ވެޔޮވިލާ
- ފަތުހުﷲ އިސްމާއީލް، ފީރޯޒްގެ ހއ.ކެލާ
- ޒިޔާއު ރަޝީދު އިބްރާހިމް، ޗާނދަނީގެ ބ.ތުޅާދޫ
- މުހައްމަދު އިބްރާހީމް މަނިކު، ހުޅުމާލެ ލޮޓް 11329
- އަލީ ރައްޒާން، ބަނަފްސާގެ ހއ.ދިއްދޫ
- އަހުމަދު ޝަރީފް، ހުސްނުހީނާގެ ގއ.ދެއްވަދޫ
- އަކުރަމް މުހައްމަދު، ކަށިކެޔޮގަސްދޮށުގެ ހދ.ކުޅުދުއްފުށި
މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ 157 ވަނަ މާއްދާގައި ބުނާ، އިންތިގާލީ މަރުހަލާގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ނަމުގައި މާލީ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައެޅުމަށް ފަސް މެންބަރުންގެ ކޮމިޓީއަކާއި، ގައުމީ އެކި އެކި އިންތިހާބުތަކުގައި ވާދަކުރަން ޖެހޭ ކެންޑިޑޭޓުން ނެރެން ޖެހޭ ހާލަތްތަކުގައި ޕާޓީގެ ޕްރައިމަރީ އިއުލާންކޮށް ކުރިއަށް ގެންދިއުމަށް ތިން މެންބަރުންގެ، އިންތިހާބާބެހޭ ކޮމިޓީއެކުލަވައިލުމުގެ އިތުރުން، ރިޔާސީ އިންތިހާބު 2023 އަށް ޕާޓީގެ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތްތައް އިސްވެ ބަލަހައްޓާ ދެ މެންބަރުންވެސް ވަނީ ކަނޑައަޅައިފައެވެ.
- މުހައްމަދު އިބްރާހިމް މަނިކު، ހުޅުމާލެ ލޮޓް 11329
- ހުސެއިން ރަޝީދު މ.ހުދުހުދާ މަލަ
- އައިޝަތު ޝާޒްލީ މ.ސެވޯއީ
- އަހުމަދު ޝާހިދު، މއ.ޗަނބޭލީގެ
- އަހުމަދު މައުސޫމް، ގ.ފްލެސެންޓް ވޭވްސް
- އިސްމާއީލް ޝަފީގް، މއ.ސަމިޓް
- މަރިޔަމް ޖެނިފާ، މުސްސަތާ ގ.ބޮޑުފެންވަޅުގެ
- މުހައްމަދު ޝާޒް، ގ. މެޑޯ
- އިލްޔާސް ލަބީބް، ބްލޫ ސްކައި ސ.ހުޅުދޫ
- ހުސެއިން އަމްރު މުހައްމަދު ރަޝާދު، ގ.ހައްދުންމަތީ ދެކުނުގެ
ޚަބަރު
ޚަބަރު
ޚަބަރު