އުމުރުން 55 އަހަރުގެ މަޝްހޫރު ރެފްރީ މައިކް ޑީން، ޕްރޮފެޝަނަލް ރެފްރީކަން އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ.
ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ރެފްރީ ޑީން އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގެ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރި ނުވާނެ ކަމަށް ދަ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ ބުނެފައެވެ. ޑީން މިދިޔަ އަހަރު ޕިޗް ރެފްރީކަން ދޫކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ރެފްރީއަކަށް ބަދަލުވެފައިވާ އިރު، އަންނަ ސީޒަނުގައި އޭނާ އެ މަސައްކަތްވެސް ނުކުރާނެއެވެ.
ޕީޖީއެމްއޯއެލްއިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައި ވަނީ ޑީންގެ މަސައްކަތަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި، ޑީންގެ ރެކޯޑުތަކަށް ހާއްސަ ޝަރަފެއް އޭނާއަށް އަރުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑީންގެ ދިރިއުޅުމަށް އުފާފާގަތިކަން އެދޭ ކަމަށްވެސް ޕީޖީއެމްއޯއެލްއިން ބުނެފައިވެއެވެ.
މައިކް ޑީން ރެފްރީކަން ފެށީ 1985 ވަނަ އަހަރުއެވެ. އޭގެފަހުން ފުޓުބޯޅަ ލީގު ތެރެއިން ކުރިއަށް ޖެހި، 2000 ވަނަ އަހަރު ޑީން ވަނީ ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަން ފަށައިފައެވެ. ޑީން ވަނީ ޓޮޕް ފްލައިޓްގައި 550 މެޗު ރެފްރީކަން ކޮށްފައެވެ. އޭގެ ތޭރެގައި އިނގިރޭސި އެންމެ ޝަރަފުވެރި ފައިނަލްތައް ކަމަށާވާ 2008 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި 2011 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލްވެސް ހިމެނެއެވެ.
ޑީންއަކީ ފީފާގެ އެންމެ އެލީޓް ރެފްރީން ލިސްޓްގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު