ކ. ގުޅިން: މުހައްމަދު ޖަމްޝަތު ވަހީދު - ވަން އޮންލައިން
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކ. އަތޮޅު ގުރައިދޫ ދާއިރާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅައި މިއަދު ގުޅިއަށް ވަޑައިގަތުމުން މި ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ސޯލިހު މިއަދު މި ރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މި ރަށަށް ވަޑައިގެން މި ރަށުގެ އެމްޑީޕީ ޖަގަހަ ރައީސް ވަނީ ހުޅުވައިދެއްވާފަ އެވެ. އަދި މި ރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަންމަތީ ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މި ރަށުގެ އިތުރުން މި އަތޮޅު ގުރައިދޫ އާއި މާފުއްޓަށްވެސް މިއަދު ވަޑަައިގަންނަވަން ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހު މި ދަތުރުފުޅުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު