އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޝައްމޫން ވަނީ އޭނާގެ އިސްތިއުފާ ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވައިފައެވެ. ނަމަވެސް އޭނާ އިސްތިއުވާ ދެއްވީ ކޮން ސަބަބަކާހުރެ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކުރައްވައި، ލިޔުއްވާފައިވާ އެ ސިޓީގައި ޝައްމޫން ވިދާޅުވެފައި ވަނީ، "އަޅުގަނޑު ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދު އިސްތިއުފާ ދީފިން، ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް، އަބަދުވެސް ބަހައްޓަވާ ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން،" ކަމަށެވެ.
ލޫކަސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކަށް ވާތީ، ބައެއް ފަރާތްތަކުން ބުނެފައި ވަނީ އޭނާ ސަރުކާރުން އިސްތިއުފާ ދެއްވީ، އެމްޑީޕީން ވަކިވެ ވަޑައިގެން ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަންނަވާން ކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސް އަށް ރައީސް ނަޝީދު ސޮއިކުރެއްވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ޝައްމޫން ސޮއިކުރައްވަން ކަމަޖެހިފައިވާކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު