ރޭގެ މަޣްރިބު ނަމާދަށް ހުއްޓައި ދިވެހި އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފ. ނިލަންދޫ/ ފަހަމާ، ޒައިނަބް ސުލައިމާން، މަރުވީ އިންޑިއާގެ ޓްރިވެންޑްރަމުގައި ހުއްޓައެވެ.

ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ޒައިނަބު އިންޑިއާއަށް ދިޔައީ އޭނާގެ ފިރިމީހާ ޑޮކްޓަރަށް ދެއްކުމަށް ކަމަށާއި އެ ދަތުރުގައި ދިޔައީ އެ ދެމަފިރިން އެކަނި ކަމަށެވެ.

ޒައިނަބަކީ އެއްވެސް ސިއްހީ މައްސަލައެއް ހުންނަ މީހެއްކަން އެނގިފައި ނުވާ ކަމަށާއި މަރުވީ ގުދުރަތީ މަރަކުން ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

ޒައިނަބުގެ ހަތް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ދެ އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިންނެވެ.