ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އޮފީސް ހިންގާ އިމާރާތް ބަދަލުކޮށްފި އެވެ.
މީގެ ކުރިން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަން މަގުގައި ހުންނަ ދިވެހި ބަހުގެ އެކެޑަމީ ހިންގާ އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ޝަރާޝާގެ ދެވަނަ ފަންގިފިލާގައެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ އޮފީސް ލިލީ މަގުގައި ހުންނަ ގ. ނިއުޝާގެ ދެ ވަނަ ފަންގިފިލާއަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އޮފީސް ބަދަލުކުރި ސަބަބެއް އެ ޕާޓީން އާއްމެއް ނުކުރެއެވެ.
އެމްޑީޕީގެ އޮފީސް ބަދަލުވެފައިވާއިރު، އެ ޕާޓީން އާޓިފިޝަލް ބީޗާ ދިމާ ބޮޑުތަކުރުފާނު މަގުގައި ހިންގަމުން އައި މައި ހަރުގެވެސް ވަނީ އެ ޕާޓީގެ އަތުން އަތުލައިފައެވެ. އެ ހަރުގެ މިހާރު ހިންގަނީ އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުފެއްދި، ޕާޓީ "ދަ ޑިމޮކްރެޓްސް" އިންނެވެ. އެ ޕާޓީގެ އަޑީގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އެ ޕާޓީއަށް މި ހަފުތާގައި ސޮއިކުރައްވަން ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު