އަށް އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައިގައި ބޮޑުދައިތަގެ ކާފަ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބާތިލެއްނުކޮށްދިނެވެ.
މި މައްސަލައަކީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް، އެކުއްޖާގެ މަންމަފަރާތު ބޮޑުދައިތަ ކައިރީގައި ޗުއްޓީ ހޭދަކުރަން ފޮނުވާފައިހުއްޓައި ބޮޑުދައިތަގެ ކާފަ، (ހަސަން ޔޫސުފް) އެކުއްޖާއާ ބެހުނު މައްސަލައެކެވެ.
ދައުވާގައިވާ ގޮތުން ހަސަން ޔޫސުފް އެ ކުއްޖާއާ ބެހިފައި ވަނީ އެންމެން ކާންވެގެން ބަދިގެއަށްދިޔައިރު، އެ ކުއްޖާ ގޭގެ ސިޓިންރޫމްގައި ހުއްޓައެވެ.
މި މައްސަލައިގައި ދައުލަތުން ހަސަން ޔޫސުފްގެ މައްޗަށްކުރީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ހަސަން ޔޫސުފްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މެޖިސްޓްރޭޓް ކޯޓުން އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
މި ހުކުމާމެދެ ހިތްހަމަނުޖެހިގެން ހަސަން ޔޫސުފްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އޭނާ އެދިފައި ވަނީ އެ ހުކުމް ބާތިލުކޮށްދިނުމަށެވެ.
ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު، ކުރި ހުކުމް ގައިވަނީ، ހަސަން ޔޫސުފް ޖަލަށްލާން ކުރި ހުކުމް، ބާތިލްކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު