އެމެރިކާގެ ފްލައިޓުތައް ވައިގެ ސަރަހައްދަށް ވަންނަ ނަމަ ވައްޓާލަން ޖެހިދާނެކަމުގެ އިންޒާރު ނޯތު ކޮރެއާއިން ދީފިއެވެ.
ނޯތް ކޮރެއާއިން އިންޒާރު ދީފައި މިވަނީ ހޯމަ ދުވަހު އެ ގައުމުގެ ވައިގެ ސަރަހައްދަށް ހުއްދަ ނުހޯދައި އެމެރިކާގެ ސަވައިލެންސް ފްލައިޓްތައް ވަދެފައިވާތީ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
ނޯތު ކޮރެއާގެ މިނިސްޓްރީ އޮފް ނެޝަނަލް ޑީފެންސުން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އެމެރިކާއިން އުޅެނީ ކޮރެއަން ފެނިންސިއުލާ ނުވަތަ ދެކޮރެއާ ގުޅޭ ސަރަހައްދުގައި ނިއުކްލިއާ ހަމަނުޖެހުމަކަށް ގެންދިއުމަށެވެ.
ނޯތު ކޮރެއާގެ ޑިފެންސުން ނެރެފައިވާ ބަޔާނުގައި ވަނީ އެގައުމުގެ އިހުތިސޯސް ތެރެއަށް އެމެރިކާގެ މަތިންދާ ބޯޓުގެ އިތުރުން ޑްރޯން އާއި މިލިޓަރީ އެހެން ހަރަކާތްތައް އިތުރުވަމުން ދާ ކަން ވެސް ފާހަގަކޮށްފައެވެ.
މީގެ ކުރިންވެސް އެމެރިކާ އަދި އެހެން ގައުމުތަކުން ނޯތު ކޮރެއާގެ ސަރަހައްދަށް ވަނުމުގެ ސަބަބުން އެކި ކަހަލަ ހާދިސާތައް ހިނގާފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން މިލިޓަރީ ތަމްރީނުތައް އަބަދުވެސް ކުރިޔަށް ގެންދެއެވެ. އެގޮތުން މިދިޔަ މަހު ސައުތު ކޮރެއާގެ ބުސާން ސަރަހައްދުގައި އެމެރިކާގެ ސަބްމެރިން އާއި އެހެނިހެން އާލާތްތަކުގެ ބޭނުންކޮށްފައިވާކަމަށް ސައުތު ކޮރެއާއިން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ