ކެމްޕެއިން ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރައްވަނީ އަމިއްލަ އުޅަނދެއް ކަމަށް ވެރިކަން ހިންގާ އެމްޑީޕީން ބުނެފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ކޯލިޝަން ލީޑަރުންނާ އެކު އެ މަނިކުފާނު މިއަދު ވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފައެވެ.
އެ ދަތުރުފުޅުގައި ރައީސް ސޯލިހާއި ކޯލިޝަން ލީޑަރުން އަދި ސަރުކާރުގެ ވެރީން ދަތުރު ކުރައްވަނީ "މެޖިކް ލޭންޑު" ނަމަކަށް ޔޮޓެއްގައެވެ. މިއީ 64 ފޫޓުގެ ޔޮޓެކެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު "ވަން" އަށް މިއަދު ވިދާޅުވީ، ކުރީގެ ރައީސުން ކެމްޕެއިންގައި ރިޔާސީ ލޯންޗުކޮޅާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި ނަމަވެސް ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި މުޅިންވެސް ބޭނުން ކުރައްވާނީ އަމިއްލަ އުޅަނދު ކަމަށެވެ.
"ވަން" އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ބޭނުންކުރައްވާ ޔޮޓަކީ ބެސްޓް ފިޝިން ޓްރެވަލް އެންޑް ޓުއާސް މޯލްޑިވްސްގެ ނަމުގައި ހިންގާ ކުންފުންޏަކުން ކުއްޔަށް ދޭ ޔޮޓެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު