ފުވައްމުލަކު ސިޓީގައި ރޭ ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ ރޭ 12:30 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ އެ މާރާމާރީގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރާ ގުޅޭގޮތުން ފުލުހުން އެއްވެސް މައުލޫމާތު ނުދެއެވެ.
މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައެވެ. އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ އިރު، އޭނާގެ ގައިގައި ވަނީ ކަރަންޓު ވެސް ޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު