ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލައިފިއެވެ.
ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ. އެ މައްސަލާގައި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދުމަށް ފުލުހުން އޭނާގެ ވަނަވަރު އާއްމުކުރުމުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
ގައްބަރޭގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. އޭގެ ފަހުން 15 ދުވަސް ދުވަސް އޭނާގެ ބަންދަށް އިތުރުކުރިއެވެ. އެ 15 ދުވަސް މިިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ގައްބަރޭ ދޫކޮށްލައިފައެވެ.
ކުށުގެ ރެކޯޑްތަކެއް އޮތް ގައްބަރޭއަކީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފުލުހުން އޭނާއަށް ކުރިއެވެ. އަދި ގުރޫޕު މާރާމާރީއާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައިވެސް އޭނާ ހައްޔަރުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު