އެނަލިސްޓް މިންގް-ޗީ ކުއޯ ބުނާ ގޮތުގައި އެޕަލް އިން ދެން ނެރޭ އައިފޯން 15 ވެގެންދާނީ އެ ކުންފުނިން އަންނަ އަަހަރު ނެރޭ ވިޝަން ޕްރޯ ހެޑްސެޓާ ގުޅުވާލެވޭނެ (އިންޓަގުރޭޓެޑް) ހާއްސަ ޗިޕެއް ހިމެނޭ އުފެއްދުމަކަށެވެ. އެޕަލް އިން އައިފޯން ހާޑްވެއާ "އެގްރެސިވްކޮށް އަޕްގްރޭޑް" ކޮށް، އާ އެޕަލް ވިޝަން ޕްރޯއާ ރަނގަޅަށް އިންޓަގްރޭޓް ކުރާނެ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ ވިޝަން ޕްރޯ އަކީ ކުރިން ނެރެފައިވާ ވީއާރު ހެޑްސެޓްތަކާ މުޅިން ތަފާތު އުފެއްދުމެވެ. އެގޮތުން ވިޝަން ޕްރޯ ހެޑްސެޓްގެ ތެރެއިން މުޅިން ތަފާތު ވާޗުއަލް ދުނިޔެއާއި އެ ބޭނުންކުރާ މީހާ ހުރި މާހައުލާ ގުޅުވާލަދެއެވެ.

އެޕަލް ކުންފުނީގެ ވިޝަން ޕްރޯ އަކީ އެ ކުންފުނީގެ އެހެން ހުރިހާ އުފެއްދުންތަކާ އަދި ހިދުމަތްތަކުގެ އިކޯސިސްޓަމްގެ ބައެއްގެ ގޮތުގައި މިހާރުވަނީ ހަދައިފައެވެ. އެގޮތުން އެޕަލްގެ ހާޑްވެއާ ޕްލޭންތަކުގެ ވަކި ކަންކަން ތަރުތީބު ވެފައިވާ ގޮތް އެނގޭ އެނަލިސްޓް މިންގް-ޗީ ކުއޯ ބުނާ ގޮތުގައި އެޕަލްގެ އައިފޯން 15 ވާނީ ވިޝަން ޕްރޯ ބޭނުންކުރާއިރު މުހިންމު ދައުރެއް އަދާ ކޮށްދޭނެ ވަސީލަތަކަށެވެ.

އެގޮތުން ވިޝަން ޕްރޯ އަޅައިގެން އުޅޭއިރު ކުރާ އެކިއެކި ފޯން ކޯލުތަކާއި އަދި ވީޑިއޯ ކޮންފަރެންސްތައް އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް އައިފޯން 15 އާއި ވިޝަން ޕްރޯއާ ރަނގަޅަށް ގުޅި ލާމެހެންޖެހެއެވެ. އެހެންކަމުން އައިފޯން 15 ތެރޭގައި ވިޝަން ޕްރޯއާ ގުޅުވުމަށް ހާއްސަ ޗިޕެއް އިންދުމަކީ ކުރާނެކަމެވެ.

2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 15 އަދި 16 އާބެހޭ ގޮތުން ވާހަކަދައްކަމުން ކުއޯ ބުނަނީ ވިޝަން ޕްރޯއަށް ވާދަވެރި އިކޯސިސްޓަމެއް ބިނާކުރުމަށް އެޕަލް އިން ހާޑްވެއާ ސްޕެސިފިކޭޝަންތައް އެކި ގޮތްގޮތަށް އަޕްގްރޭޑް ކުރާނެ ކަމަށެވެ. އަދި އައިފޯން 15 އިން ޔޫޑަބްލިއުބީގެ ސްޕެސިފިކޭޝަން އަޕްގްރޭޑް ފެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ކުއޯ ލިޔެފައިވެއެވެ.

ޕްރޮޑަކްޝަން ޕްރޮސެސް 16 ނޯޓް މީޓަރުން އިތުރަށް ކުރިއަރާފައިވާ 7އެންއެމްއަށް ބަދަލުވެ، ކައިރީގައި ހުންނަ އިންޓަރެކްޝަންތަކަށް ޕާފޯމަންސް ރަނގަޅު ނުވަތަ ކަރަންޓް ބޭނުންކުރުން މަދުކުރެވޭނެ ގޮތް ހެދުމާ އެކު ވިޝަން ޕްރޯއާއި އައިފޯން 15އާ ގުޅުވާލެވޭނެއެވެ.

އައިފޯން 15 ގައި މި ދެންނެވި ކަންކަމުގެ އިތުރަށްވެސް ވަރަށް ގިނަ އާ ޓެކްނޮލޮޖީ ހިމަނާނެއެވެ. އެގޮތުން އެންމެ އަވަސް ވައިފައި ހަތްވަނަ އަދަދަށް މަތިކޮށް އަވަސްކުރާނެ ކަމަށާއި ތަންޑާބޯލްޓް ތިނަކާ ގާތްގަނޑަކަށް އެއްވަރަށް އަވަހަށް ޑޭޓާ ފޮނުވޭނެ ގޮތްހެދުންވެސް ހިމެނެއެވެ. އައިފޯން 15 ނުކުންނާނީ މިހާރު ނެރެފައިވާ ރީތި ކުލަތަކުގެ އިތުރުންވެސް އާ ކުލަތަކާއެކުއެވެ.